ރައްޓެހިވެގެން އުޅޭ ކުއްޖާ ސަލާމަތް ކުރަން ލޯންޗެއް ވަގަށް ނަގައިގެން މީމުން މާލެއަށް

ލޯންޗު ގެއްލުމާއި ކުއްޖާއާ ގުޅުމެއް އޮތްކަން އެނގުނީ އެ ކުއްޖާ ހުޅުމާލެއަށް ފޭބިތަން ފެނިފައިވުމާއި ލޯންޗު ވެސް ހުޅުމާލެ ފަޅުތެރޭގައި އޮތުމުންނެވެ.

ރައްޓެހިވެގެން އުޅޭ ކުއްޖާ ސަލާމަތް ކުރަން ކަމަށް ބުނެ ލޯންޗެއް ވަގަށް ނަގައިގެން މީމު އަތޮޅުން މާލެއަށް އައި ކުޑަކުއްޖެއްގެ މައްސަލަ ކަމާގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

މީމުގެ ރަށަކުން އެ ކުއްޖާ މާލެ އަންނަން ފުރީ ރޭގެ ވަގުތެއް ގައެވެ. ލޯންޗުގައި ދަތުރުކުރީ އެ ކުއްޖާ އެކަނި ކަމަށް ވެ އެވެ.

އެ ކުއްޖާ މާލެ އައީ ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެއް ގައެވެ. އެ ލޯންޗު ރޭ އޮތީ އެ ރަށު ފަޅުގައެވެ. ލޯންޗުގެ ކެޕްޓަން އަކީ ކުއްޖާ ނިސްބަތްވާ ރަށު މީހަކަށް ވުމުން ރަށުގެ ބަނދަރުގައި ލޯންޗު ބާއްވާފައި އޮތީ ހެނދުނު އަލުން ރިސޯޓަށް ދިއުމަށެވެ. ލޯންޗުގައި ތަޅުދަނޑި ޖަހާފައި ހުރިކަން އެނގުމުން މީހުން ނެތް ވަގުތެއް ބަލާ ކުއްޖާ ވަނީ ލޯންޗަށް އަރާ ދަތުރަށް ފުރާފައެވެ.

ނަމަވެސް އެ ރަށުގައި އެ މަންޒަރު ފެނުނު ބައެއް މީހުން ތިއްބެވެ. އެ ކައުންސިލުން ބުނީ އެ ލޯންޗު ރޭ ދަންވަރު ފަޅުން ނިކުމެގެން ދަނިކޮށް ރަށުު ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާ ގެއްލިގެން ފަތިހު އާއިލާ އިން ރިޕޯޓް ކުރުމުން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފަޅުގައި ލޯންޗު ނެތްކަން އެނގުނު ކަމަށެވެ.

ލޯންޗު ގެއްލުމާއި ކުއްޖާއާ ގުޅުމެއް އޮތްކަން އެނގުނީ އެ ކުއްޖާ މާލެއަށް ފޭބިތަން ފެނިފައިވުމާއި ލޯންޗު ވެސް ހުޅުމާލެ ފަޅުތެރޭގައި އޮތުމުންނެވެ. ލޯންޗަށް ވަނީ ގެއްލުންތަކެއް ވެސް ލިބިފައެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާ މާލެއަށް އައީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ބަޔަކު ބުލީކޮށް ނަފްސާނީ އަނިޔާ ކުރާ ކަމަށް އޭނާ ބުނުމުންނެވެ. ކުއްޖާގެ ބޭނުމަކީ އޭނާ ސަލާމަތް ކުރުން ކަމަށް ވެސް ރަށުގެ ބައެއް މީހުން ބުނެ އެވެ. މިހާރު އެ ދެ ކުދީން ވެސް ފިލާފައިވާ ކަމަށް ވަނީ އެނގިފައެވެ.

އެ މައްސަލަ ކަމާގުޅޭ އިދާރާތަކުން ބަލަމުންދާކަން ވަނީ ކަށަވަރުވެފައެވެ. އަދި އެ ދެ ކުދީން ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. ނަަމަވެސް ފުލުހާއި އެހެން އިދާރާއަކުން ރަސްމީކޮށް އެ މައުލޫމާތެއް އަދި ހިއްސާއެއް ނުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.