ހަށިވިއްކުމުގެ ވިޔަފާރި ކުރާ ޓެލެގްރާމް ޗެނަލެއް އަނެއްކާ ބަންދުކޮށްފި

"ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް "އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް ސީޒްކޮށް މި މައްސަލަ ފުލުހުން ގެންދަނޫ ތަހުގީގު ކުރަމުން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މި

ހަށިވިއްކުން ޕްރޮމޯޓްކޮށް ވިޔަފާރި ކުރަމުން ދިޔަ ޓެލެގްރާމް ޗެނެލެއް އަނެއްކާ ވެސް ފުލުހުން ބަންދު ކޮށްފި އެވެ.

ފުލުހުން މިފަހަރު ބަންދު ކޮށްފައި ވަނީ "އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުން ދިޔަ ޗެނަލެކެވެ. ފުލުހުން މިއަދު ބުނީ އެޗެނަލަކީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ޗެނަލެއް ކަމަށެވެ.

"ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް "އެމްވީ ކޯލް ގާލްސް" ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް ސީޒްކޮށް މި މައްސަލަ ފުލުހުން ގެންދަނޫ ތަހުގީގު ކުރަމުން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ފުލުހުން ވަނީ މާޗް މަހުގެ ކުރީ ކޮޅު ވެސް ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ "ޖަޒީރާ" ގެ ނަމުގައި ހިންގި ޓެލެގްރާމް ޗެނަލް ތަކެއް ބަންދުކޮށްފަ އެވެ. މި މައްސަލައިގެ ހިމެނޭ މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.

އެމީހުންގެ މައްޗަށް މަނީލޯންޑަރިން އާ ހަށިވިއްކުމާ އޮރިޔާން ކާޑު ގެންގުޅުން ފަދަ ތުހުމަތުތައް ވަނީ ކޮށްފަ އެވެ. ހަށިވިއްކަން އުޅުނީ ބިދޭސީ އަންހެނުންނެވެ. ނަމަވެސް މި ޗެނަލްތަކުގެ ފަހަތުގައި ތިބީ ދިވެހީންގެ ބައެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.