ތާރީހު

މާޒީގެ ރޮނގުމަތީގައި ދިވެހިން | އެންމެ މުރާލި މަސައްކަތްތެރިން

މިއަދު ރާއްޖޭގެ ލޭބަރު ފޯހުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނައެވެ. ވީމާ، ދިވެހި މަސައްކަތްތެރިންގެ މަސައްކަތުގެ ސުލޫކު ރަނގަޅުކޮށް ދިވެހި މަސައްކަތްތެރިން ވަނީ އިތުރު ކުރަން ޖެހިފައެވެ. ކޮންމެ މަސައްކަތަކީ ވެސް މުހިންމު މަސައްކަތެކެވެ.

  •  111 އަހަރު ކުރިންވެސް ރާއްޖޭގެ 40 އިންސައްތަ ފިރިހެނުންނަކީ މަސްވެރިން
  •  އަންހެނުންގެ 35 އިންސައްތަ ބޮނބިތަޅާރޯނުވެމުގެ މަސައްކަތުގައި

މިއަދަކީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހެވެ. ނުވަތަ މޭޑޭއެވެ؛ މުޅި ދުނިޔޭގައި ފާހަގަ ކުރާ އެންމެ ބޮޑު ދުވަހެކެވެ.
ކޮންމެ ގައުމަކަށް ކޮންމެ މުޖުތަމައަކަށް އެންމެ މުހިންމު ދުވަހެކެވެ. މިދުވަހަކީ ވަރަށް ޒަމާންވީ ދުވަހެކެވެ. ދުވަސް ނިސްބަތް ވަނީ މީގެ 135 އަހަރުކުރިން މޭ 1، 1889 ގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ޔޫރަޕުގެ މަސައްކަތްތެރިކަމުގެ ފެސްޓިވަލް ބޭއްވުނު ތާރީޚަށެވެ. 

ދިވެހިރާއްޖޭގައި މީގެ 91 އަހަރު ކުރިން 1932 ގައި ގާނޫނުއަސާސީއެއްގެ ދަށުން ވެރިކަން ހިންގަން ފެށުމާއެކު އެންމެ އުފެދުނު ވުޒާރާތަކުގެ ތެރެއިން ވުޒާރަތުއް ޒިރާޢަތު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުން ހިމެނެ އެވެ.
އަދި ދައުލަތުގެ އެންމެހައި މަސައްކަތްތައް ހިންގައިބެލެހެއްޓުމަށް ވުޒާރަތުލް އަޝްޣާލު ވެސް އުފެއްދުނެވެ. 

1932 ގައި ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރުގެ މި ދެ ވުޒާރާގެ ވަޒީރު ކަމުގައި، ވަޒީރުލްއަޝްޣާލު އަދި ވަޒީރުއްޒިރާޢަތުގައި ހުންނެވީ ގަލޮޅުގޭ މުހައްމަދު ދީދީ އެވެ. 

ލޭބަރުގެ ނަމުގައި 1988 ގައި މިނިސްޓްރީއެއް އުފެއްދުނެވެ. އެެއީ މިނިސްޓްރީ އޮފް ޕަބްލިކްވާކްސް އެންޑް ލޭބަރެވެ.

ދިވެހިންނަކީ އެންމެ ކުރީ ޒަމާންތަކުން ފެށިގެން ހީވާގި މުރާލި މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމެވެ. ދަނޑުވެރިކަމެވެ. ރާވެރިކަމެވެ. ކަނބުރުވެރިކަމެވެ. ތިލޭރު ކަމެވެ. ގަލުވަޑާމެވެ. ކިއްސަރުވަޑާމެވެ. ތެދުއުއިވަޑާމެވެ. އަތްތެރިކަމުގެ
ތަފާތު މަސައްކަތްތަކެވެ. މިހުރިހާ މަސައްކަތްތަކަކީ ދިވެހީން މީގެ 1000 އަހަރުކުރިން ވެސް ވަރަށް މޮޅުކޮށް ކުޅަދާނަކަމާއެކު ކޮށްއުޅުނު މަސައްކަތްތަކެކެވެ.

މަސްވެރިކަމުގެ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ހިމެނިފައި ވަނީ، އެންމެ ކުރީގެ ޒަމާންތަކުން ފެށިގެން 1970 އިގެ އަހަރުތަކާއި ހަމަޔަށް ރާއްޖޭގެ އެންމެބޮޑު ސިނާއީ މަސައްކަތްތައް ކަމުގައެވެ. 

މީގެ 113 އަހަރުކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 1911 ގައި ރާއްޖޭގެ 72,000 ގެ
އާބާދީގެ މަސައްކަތު ފިރިހެނުންގެ 40 އިންސައްތަ މީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ. އެއީ 14,000 އަށްވުރެ ގިނަ ފިރިހެނުންނެވެ. އަދި 1911 ގައި ރާއްޖޭގެ މަސައްކަތު އަންހެނުންގެ އާބާދީގެ 34 އިންސައްތަ އަންހެނުންނަކީ ބޮނބިތަޅާ ރޯނުވެށުމުގެ މަސައްކަތްކުރި އަންހެނުންނެވެ. އެއީ 10,000 އަށްވުރެ ގިނަ އަންހެނުންނެވެ. 

ބަނޑޮސް ރިސޯޓްގެ މުވައްޒަފުންތަކެއް 1973 ވަނަ އަހަރު -- ފޮޓޯ: މައިކަލް މައިކަލް ފްރިޑެލް

މިއިން ސާބިތު ވަނީ ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނުންގެ މުރާލިކަމާއި މަސައްކަތްތެރިކަމެވެ.

ރާއްޖޭގެ އަމިއްލަ ދާއިރާ (ޕްރައިވެޓް ސެކްޓާ) ގައި ނިޒާމީ ލޭބާފޯހެއް ނުވަތަ ވަޒީފާ އަދާކޮށް މުސާރަ ލިބޭ ނިޒާމެއް، ރާއްޖޭގައި ފުރަތަމަ ތައާރަފުވީ 1950 އިގެ އަހަރުތަކުގެ ފަހުކޮޅު އައްޑުއަތޮޅުގަ އެވެ. މީގެ 50 އަހަރުކުރިން، 1970 އިގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމާއެކު ރާއްޖޭގައި ޒަމާނީ ލޭބާފޯހެއް އުފެދުނެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރުވީއިރު، ފަތުރުވެރިކަން ވަނީ ރާއްޖޭގެ އިގުތިސޯދުގެ އެއްވަނަ ސިނާއަތަށްވެފަަ އެވެ.
މިއީ ފަތުރުވެރިކަމުގެ 50 އަހަރު ރަންޔޫބީލު މުނާސަބު ވަގުތު ކަމަށްވީހިނދު، މީގެ 25 އަހަރުކުރިން 2000 ގެ އަހަރުތައް ފެށުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ލިބެން ވަނީ ފަށާފައިކަން ފާހަގަ ކުރެވެއެވެ. އޭގެ ފަހުގެ އަހަރުތަކާއި މިހާރު ރާއްޖޭގެ ފަތުރުވެރިކަން މިވަނީ އެތައް ރޮނގަކުން ދުނިޔޭގެ 1ވަނަ ދަރަޖައިގައިކަން ފާހަގަ ކުރެވެއެވެ.

ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ހެދުން ކަނޑައެޅި ފަޓުލޫން ލާން ރަސްމީގޮތުން ފެށުނީ 1 މޭ 1969ގައި! އެހެން ކަމުން ދިވެހިން ރަސްމީވެގެން ފަޓުލޫނުލާން ފެށީތާ 55 އަހަރުވީ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ހެދުން ކަނޑައެޅި ފަޓުލޫން ލާން ރަސްމީގޮތުން ފެށުނީ 1 މޭ 1969ގައި! އެހެން ކަމުން ދިވެހިން ރަސްމީވެގެން ފަޓުލޫނުލާން ފެށީތާ 55 އަހަރުވީ އެވެ.
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ހެދުން ކަނޑައެޅި ފަޓުލޫން ލާން ރަސްމީގޮތުން ފެށުނީ 1 މޭ 1969ގައި! އެހެން ކަމުން ދިވެހިން ރަސްމީވެގެން ފަޓުލޫނުލާން ފެށީތާ 55 އަހަރުވީ އެވެ.

ރާއްޖޭގެ އިގުތިސޯދާއި ވަޒީފާގެ ބާޒާރާއި މަސައްކަތުގެ މައި ސިނާއަތްތައް

  •  ފަތުރުވެރިކަމުގެ ސިނާއަތު
  •  ދަތުރުފަތުރާއި މުވާސަލާތާއި
  •  ޓެކުނޮލޮޖީގެ ސިނާއަތު
  •  އިމާރާތްކުރުމުގެ ސިނާއަތު
  •  އާންމު ވިޔަފާރީގެ ސިނާއަތުގެ
  •  މަސްވެރިކަމުގެ ސިނާއަތު
  •  ދަނޑުވެރިކަމުގެ ސިނާއަތު

ރާއްޖޭގެ ލޭބަރު ފޯހުގައި ދިވެހީންނަށްވުރެ މިހާރު ބިދޭސީން ގިނަ އެވެ. ދިވެހި މަސައްކަތްތެރިންގެ މަސައްކަތުގެ ސުލޫކު ރަނގަޅުކޮށް ދިވެހި މަސައްކަތްތެރިން ވަނީ އިތުރުކުރަން ޖެހިފައި ވެއެވެ. ކޮންމެ މަސައްކަތަކީވެސް މުހިންމު މަސައްކަތެކެވެ. މި ގައުމު ކުރިއެރުން ވަނީ މަސައްކަތުންނެވެ. މިތާނގައިވާ ހުނަރުވެރިންގެ ހިންމަތުންނެވެ.

ކޮމެންޓް

1
450
އަހުމަދު
1 week ago

"މިއަދު ރާއްޖޭގެ ލޭބަރު ފޯހުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނައެވެ............ މުހިންމު މަސައްކަތެކެވެ." އާޓިކަލް ކިތައްމެހާވެސް ރަގަޅެވެ. އަދި މަތީގައި ކޯޓް ކުރެވިފައިއެވަނީ އާޓިކަލް ގެ ޖުމްލައެކެވެ. ތެދެކެވެ. މިއީ ކިތައްމެ ބަޔަކު ދައްކާ ވާހަކަތަކެވެ. ނަމަވެސް ދައްކާކޮންމެ ވާހަކައަކީ ހަގީގަތަށް ނުވެހިގައިދާނެއެވެ. މިފަދަ ތުހުމަތު ނުކޮށް ހަގީގަތް ހޯދުން މުޙިއްމެވެ. "މި" ގެ މޮޓޯ އާއި ތަފާތުވެ ބޭއިންސާފަކަށް ވެދާނެއެވެ. އިތުބާރު ގެއްލިދާނެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.