އެމްއެމްއޭ އިން ބިލިއަނެއްހާ ޑޮލަރު ދޫކުރި؛ 70 ޕަސެންޓް އެސްއޯއީތަކަށް

ރާއްޖޭން ބޭރަށް ފުރާ ދިވެހިން ވަނީ 500 ޑޮލަރުގެ މަގުން 85 މިލިއަން ޑޮލަރު މިދިޔަ އަހަރު ރާއްޖޭން ބޭރަށް ގެންގޮސްފަ އެވެ. މިއީ އެ އަދަދުގެ ބޮޑު އިތުރުވުމެކެވެ.

ޑޮލަރުތަކެއް އޭޓީއެމްއިން ނަގަނީ: ރާއްޖޭން ޑޮލަރު ބޭރުވުން އިންތިހާއަށް މަތި

މަރުކަޒީ ބޭންކުން މިދިޔަ އަހަރު 995.5 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ދޫކޮށްފައި ވާއިރު، ޑޮލަރުގެ 70 ޕަސެންޓް ކޮންޓްރޯލް ކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ތަކުން ކަމަށް ދައްކައިފި އެވެ. 

މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަން ފިލުވުމަށްޓަކައި މިދިޔަ އަހަރު 995.5 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 15 ބިލިއަނެއްހާ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މި ޑޮލަރުގެ ތެރޭން ގާތްގަނޑަކަކަށް 70 ޕަސެންޓް ކޮންޓްރޯލް ކުރީ ސަރުކާރުގެ ކުންފުނިތަކުންނެވެ. 

ޑޮލަރު ދޫކުރި އަދަދާއި ގަތް ފަރާތްތައް

  •  ޖުމްލަ ޑޮލަރުގެ އަދަދު - 995.5 މިލިއަން ޑޮލަރު
  •  އެސްއޯއީތަކުން - 687.8 މިލިއަން ޑޮލަރު (69 ޕަސެންޓް)
  •  ބޭންކްތަކަށް - 307.6 މިލިއަން ޑޮލަރު (30 ޕަސެންޓް)
  •  ވީކްލީ އެލޮކޭޝަން - 159.6 މިލިއަން ޑޮލަރު
  •  ބޭރަށް ފުރާ މީހުންނަށް - 85.5 މިލިއަން ޑޮލަރު
  •  ބޭރުގައި ކިޔަވާ ދަރިވަރުންނަށް - 43.7 މިލިއަން ޑޮލަރު

ބޭންކުތަކަށް ދޫކުރި ޑޮލަރު 15 ޕަސެންޓް އިތުރު

ޑޮލަރު ދޫކުރި އަދަދުތަކުގެ ތެރޭން 2022 ވަނަ އަހަރާއި އަޅާބަލާއިރު ވީކްލީ އެލޮކޭޝަންގެ ގޮތުގައި އެމްއެމްއޭއިން ދޫކުރި ޑޮލަރު ބޮޑުތަނުން އިތުރު ކޮށްފައިވާ ކަމަށް ދައްކަ އެވެ. މިއާއެކު ކޮމާޝަލް ބޭންކްތަކަށް ދޫކުރި ޑޮލަރުގެ ނިސްބަތް ވަނީ 2022 ވަނަ އަހަރު 160 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް 15 ޕަސެންޓުގެ އިތުރު ވުމަކާއެކު 307 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. 

މީގެ އިތުރުން ދިވެހިން ބޭރަށް ކުރާ ދަތުރުތަކުގައި އެއާޕޯޓުން ދޫކުރާ 500 ޑޮލަރަށް ހޭދަ ކުރަން 85.5 މިލިއަން ޑޮލަރު ވަނީ ދޫކޮށްފަ އެވެ. މި އަދަދު ވަނީ މިދިޔަ 2023 ވަނަ އަހަރު ބޮޑުތަނުން އިތުރުވެފަ އެވެ. މިއީ 2022 ވަނަ އަހަރު 18 މިލިއަން ޑޮލަރުގައި ހުރި އަދަދެކެވެ. އެހެންވެ މިއީ 40 ޕަސެންޓުގެ އިތުރު ވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.