އެސްއީޒެޑްގެ މުހިންމު ބައެއް: އެމްއައިއެފްއެސްއޭ އުފައްދައި ޗެއާއަކަށް ޖިހާދު

ސަރުކާރުން އެމްއައިއެފްއެސްއޭ (މިފްސާ) އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި އޮފްޝޯ ފައިނޭންސިން ފަށަން މަގުފަހި ކުރުމެވެ.

ކުރީގެ ނައިބް ރައީސް އަދި ފިނޭންސް މިނިސްޓަރުކަމާއި ކަވަރުނަރުކަން ކުރެއްވި އަބްދުﷲ ޖިހާދު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އޮފްޝޯ ފައިނޭންސިން ރާއްޖޭގައި ފަށަން ބޭނުންވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ - މިފްސާ) އުފައްދައި، ޗެއާއަކަށް ކުރީގެ ނައިބު ރައީސް އަދި ކުރިން މާލީ ވަޒީރު ކަމާއި ގަވަރުނަރުކަން ކުރެއްވެވި އަބްދުﷲ ޖިހާދު ހަމަޖަސަވައިފި އެވެ. 

އެމްއައިއެފްއެސްއޭ - ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމު ކުރެއްވީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަ ކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ. މީގެ އިތުރުން ރާއްޖޭގައި އޯފް-ޝޯ / އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމު ކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމަކީ މިއިދާރާ ގާއިމު ކުރެއްވުމުގެ ބޭނުމެކެވެ.

މި މަގާމު އުފެދިގެން ދިއުމާ ބެހޭ ގޮތުން އިކޮނޮމިް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެމްއައިއެފްއެސްއޭގެ ގަވާނިން ބޯޑް، ރައީސް އެކުލަވާލައްވާފައިވާ ކަމަށާއި އެތަނުގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ރާއްޖޭގެ މާލީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ޖިހާދު ފުއްދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ. 

އަބްދުﷲ ޖިހާދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބް ރައީސް މާލީ ވަޒީރުކަން ކުރެއްވި މި ދާއިރާގެ ތަޖުރިބާކާރެކެވެ. މި މަގާމުތަކުގެ އިތުރުން ޖިހާދުވަނީ އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.