އެސްޓިއޯ އަހަރު ފެށީ އާމްދަނީ 12 ޕަސެންޓުގެ ކުރިއެރުމަކާއެކު

އެސްޓީއޯއަކީ 1964 ވަނަ އަހަރު ރާއްޖެއަށް ކާބޯތަކެތީގެ ޔަގީންކަން ގާއިމް ކުރަން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ އޭރުގެ މަސްހޫލިއްޔަތަކީ ކާޑުގެ ބާވަތްތައް ގެނެސް ފޯރުކޮށްދިނުމެވެ.

އެސްޓީއޯ އެމްޑީ ޝިމްހާދު އިބްރާހިމް

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯއިން މި އަހަރު ފެށީ އާމްދަނީގެ 12 ޕަސެންޓުގެ ކުރިއެރުމަކާ އެކުގައި ކަމަށް ކުއާޓަލީ ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯއިން އާއްމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު އެ ކުންފުނީގެ ސާފު ފައިދާ ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ.

މި ކުއާޓަރުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައި ވުމެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 617 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓާރާ އަޅާ ބަލައިއިރު 18 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ މާލީ ހިސާބުގެ ބައެއް އުސް އަލިތައް

ކުންފުނީގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަ ކުރެވުމާއިއެކު މި ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓައާއި އަޅާ ބަލައި 19 ޕަސެންޓުގެ ކުރިއެރުމެކެވެ.

ސާފު ފައިދާ ބޮޑުތަން އިތުރު

ކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނީ 185 މިލިއަން ރުފިޔާ އެވެ.

މި ކުއާޓަރުގައި އެސްޓީއޯއިން ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލައި 46 ޕަސެންޓުގެ ކުރިއެރުމެކެވެ. މި ބައިން އިތުރުވުން ލިބުނު މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރު ކުރެވިފައި ވުމާއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައި ވުމެވެ. 

އެސްޓީއޯ - އެސްޓީއޯއަކީ 1964 ވަނަ އަހަރު ރާއްޖެއަށް ކާބޯތަކެތީގެ ޔަގީންކަން ގާއިމް ކުރަން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ އޭރުގެ މަސްހޫލިއްޔަތަކީ ކާޑުގެ ބާވަތްތައް ގެނެސް ފޯރުކޮށްދިނުމެވެ. އޭރު އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) ގެ ނަމުގަ އެވެ. އޭޓީއޭގެ ނަން 1979 ވަނަ އަހަރު ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އަށް ބަދަލުކޮށް، މާގިނަ ދުވަހެއް ނުވެ "އެސްޓީއޯ" މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ނަމަކަށް ވެގެން ދިޔައެވެ. މިހާރު މިއީ އެސްޓީއޯއަކީ އާއްމުންގެ 18 ޕަސެންޓް ހިއްސާއާއި ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. މިހާރު މި ކުންފުނީގައި 2241 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއީ ރާއްޖޭގެ އެންމެ ގިނަ ބަޔަކާ ގުޅުން އޮތް ކުންފުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.