ވޯލްޑް ސެންޓްރަލް ކިޗަންގެ އެހީ ގާޒާގައި އަލުން ފަށަނީ

އެ ޖަމިއްޔާ އިން ވަނީ މިދިއަ ހަމަސް ދުވަހު ކާބޯތަކެއްޗާއި ކެއްކުމަށް ބޭނުންކުރާ ސާމާނު ހިމެނޭހެން 1,700 އަށް ވުރެ ގިނަ އުޅަނދުގެ އެހީ ގާޒާއަށް ފޯރު ކޮށްދީފަ އެވެ.

ގާޒާގެ ކޭމްޕެއްގައި ވޯލްޑް ސެންޓްރަލް ކިޗަން އިން ހަރަކާތްތެރި ވަނީ

އިޒުރޭލުން ހަމަލާ ދީ ވޯލްޑް ސެންޓްރަލް ކިޗަންގެ މުވައްޒަފުންތަކެއް މަރާލުމާއި ގުޅިގެން އެ ޖަމާއަތުން ގާޒާއަށް ދެމުންދިޔަ އިންސާނީ އެހީ އޮތީ ހުއްޓިފަ އެވެ. 

ނަމަވެސް އަނެއްކާވެސް ގާޒާއަށް އެހީ ފޯރުކޮށްދޭން ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތައް ފަށަން މިހާރު ވަނީ ނިންމާފަ އެވެ. އިޒްރޭލުގެ ސިފައިން ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތެރިންނަށް ހަމަލާ ދިނީ މި މަސް ފެށުނު ތަނާ އެވެ. 

ވޯލްޑް ސެންޓްރަލް ކިޗަން އިން ބުނަނީ އަނެއްކާވެސް ފަލަސްތީނުގެ ވީހާވެސް ގިނަ ބަޔަކަށް ކާބޯތަކެތި ފޯރު ކޮށްދޭން އެ ޖަމިއްޔާގެ އޮޕަރޭޝަންތައް ގާޒާގައި ކުރިޔަށް ގެންދާނެ ކަމަށާއި މިހާރުވެސް އަށް މިލިއަން ކެއުން ހިމެނޭ 276 އުޅަނދު ތައްޔާރު ކޮށްފައި އޮތް ކަމަށެވެ. އަދި 68 ކޮމިއުނިޓީ ކިޗަންގެ އިތުރުން ގާޒާގެ އެހެން ހިސާބު ތަކުގައި އެފަދަ ތަންތަން ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އިން ވަނީ މިދިއަ ހަމަސް ދުވަހު ކާބޯތަކެއްޗާއި ކެއްކުމަށް ބޭނުންކުރާ ސާމާނު ހިމެނޭހެން 1,700 އަށް ވުރެ ގިނަ އުޅަނދުގެ އެހީ ގާޒާއަށް ފޯރުކޮށްދީފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.