ހަމަނުޖެހުމާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.
ހުޅުމާލޭގައި މިރޭ މާރާމާރީއެއް ހިންގީ އިންޑިއާ ބަޔަކާ ދިވެހީންގެ ބަޔަކާ ދެމެދު ކަމަށް ފުލުހުން ބުނެފި އެވެ.
މިރޭ މާރާމަރީ ހިނގީ ނުވައެއް ޖަހާ އެހާކަން ހާއިރެވެ. ފުލުހުން ބުނީ މި މާރާމާރީ ގައި ދެ މީހަކަށް ވަނީ އަނިޔާވެ ފައެވެ. އެ ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ދެންމެ ބުނީ ހިނގީ ހަމަނުޖެހުމެއް ކަމަށާ ސެންޓްރަލް ޕާކު ތެރޭ މި ހަމަނުޖެހުން ހިންގީ އިންޑިއާ ބަޔަކާ ޕާކުގައި ތިބި ދިވެހީންގެ ބަޔަކާ ދެމެދުގައި ކަމަށެވެ. އެ ހަމަނުޖެހުމާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އަނިޔާވެ ފަރުވާ ހޯދަނީ އިންޑިއާ ބައެއް ކަމެއް ދިވެހީންގެ ބަޔަކު ކަމެއް ނުބުނެ އެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުން ހިިންގި މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.