ސިޔާސީ ފިކުރާ ދުރުވެ މައި އިންޖީނުގެ އޮތީ ހިދުމަތައިގެން

ދެހާހާ ގާތްކުރާ އަދަދަކަށް މުވައްޒަފުން އުޅޭ ސްޓެލްކޯ މިހާތަނަށް މަޝްހޫރުވެފައި އޮންނަނީ ސިޔާސީ ޖަގަ ހައެއްގެ ގޮތުގަ އެވެ. އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަން ގެންގުޅޭ "ހަތިޔާރެއް" ގެ ގޮތުގަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ އިންޓަވިއުއެއް ހޯދަން އޭނާގެ އޮފީސް ކޮޓަރިކޮޅަށް ވަތންއިރު އެމްޑީގެ ކޮޓަރި ކޮޅުގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ތިއްބެވެ. އޭގެ ތެރޭގައި މިދިޔަ ސަރުކާރުގައި ކެމްޕޭން ޖަގަހައަކަށް ސްޓެލްކޯ ހަދައިގެން ހިންގި ދުވަސްވަރު އެކަމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވި މޫނު ތަކެއް ވެސް ތިއްބެވެ. 

އެތާނގައި އެމްޑީ ފަހުމީ އެ މުވައްޒަފުންނާ އިޝާރަތް ކުރައްވައި އެއްސެވި އެވެ:   

"މިފަހަރު އެމްޑީ ވަކި މީހަކަށް ސަޕޯޓް ކުރަން އެނގިތޯ؟ " ޖަވާބުގައި އެ އިޝާރާތް ނިސްބަތްވާ މުވައްޒަފުން ނޫނެނޭ ބުންޏެވެ. އިންޓަވިއު ނިމުމުން އެ މުވައްޒަފާ ވަކިން އެ ސުވާލުކޮށްލީމެވެ.


"އެމްޑީ އެ ވިދާޅުވީ ތެދެއްތަ؟ ހަމަ އެއްވެސް ކަމެއް ނާންގާ؟ ހީއެއް ނުވޭ؟ 
"މިފަހަރު ހަމައެއްވެސް އެކަހަލަ ސިޔާސީ ކަމެއް ނެތް؟" އެ މުވައްޒަފު ބުންޏެވެ.

ދެހާހާ ގާތްކުރާ އަދަދަކަށް މުވައްޒަފުން އުޅޭ ސްޓެލްކޯ މިހާތަނަށް މަޝްހޫރުވެފައި އޮންނަނީ ސިޔާސީ ޖަގަ ހައެއްގެ ގޮތުގަ އެވެ. އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަން ގެންގުޅޭ "ހަތިޔާރެއް" ގެ ގޮތުގަ އެވެ. އިންތިހާބާ ދިމާކޮށް މީހުން ވައްދާ މީހުން ކަނޑާ ތަނެއްގެ ގޮތުގަ އެވެ. ވަކި ފިކުރަކަށް ތާއީދު ނުކޮށްގެން ވެރިން ބޭނުން ވެގެން މުވައްޒަފުން އެހެލާ ސިޔާސީ ހަރުގެއްގެ ގޮތުގަ އެވެ. މިވާހަކަ އެންމެ ގަދަވީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގަ އެވެ.

އެ އިންތިހާބުގެ ތެރޭގައި ސްޓެލްކޯގެ ބައެއް ޑިޕާޓްމަންޓު ތަކުން މުވައްޒަފުންގެ "ފިކުރު ބަލާ" ކޮމެޓީތަކެއް ހެދި އެވެ. އޭރުގެ އެމްޑީ އަހުމަދު ޝަރީފުގެ އަމުރަށް ހެދި އެ ޓީމްތަކުން މުވައްޒަފުންގެ އާއިލާގެ ބެކްގްރައުންޑުން ފެށިގެން، އެމީހުން ފެމިލީ ޓްރީ ކުރަހައި ސިޔާސީ މަންފާ ނެގޭނެ ގޮތެއް އޮތްތޯ ވެސް ބެލި އެވެ. އެކަމަކު އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ ތެރޭގައި މިއިން އެއްވެސް އަޑެއް މި ކުންފުނީގެ ގޯތިތެރޭން ނީވެ އެވެ. މިފަހަރުގެ އިންތިހާބުގެ ތެރޭ ސްޓެލްކޯގެ މެނޭޖުމަންޓުން ބެލީ ފިކުރު ކޮންޓްރޯލް ކުރާކަށް ނޫނެވެ. ހިދުމަތް ދޭށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.